ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމާގުޅޭ

އިޢުލާން

                                              

      މި އޮތޯރިޓީގެ ސާވަރ އަދި ބެކަޕް ސްޓޯރޭޖު ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ، މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚްގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ  (ތީމުގެ ގަރާޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

01 އޮގަސްޓް 2017

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (ތީމުގެ ގަރާޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން)

ބީލަން ހުށަހެޅުން

10 އޮގަސްޓް 2017

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (ތީމުގެ ގަރާޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން)

 

- ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

- 10 އޮގަސްޓް 2017 ގެ ހެނދުނު 10:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.

- ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.

- ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3306101 ނުވަތަ 3306170  މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

20 ޖުލައި 2017
ހޯދާ