މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލް (ގދ.ތިނަދޫ) 6 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                                              ނަންބަރ: IUL)22-G/22/2017/42)

 

                 އިޢުލާން

 

އަބޫބަކުރު ސްކޫލް (ގދ.ތިނަދޫ) 6 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި އަބޫބަކުރު ސްކޫލް (ގދ.ތިނަދޫ) 6 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް

09 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 އަށް

 

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341152 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.

 

  25 ޝައްވާލް  1438

  19   ޖުލައި  2017

19 ޖުލައި 2017
ހޯދާ