ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޕަރޭޓިވް ސޮސައިޓީ އަށް ދޫކުރެވިފައިވާ ބިމުގައިހުރި ގްރީންހައުސް ނީލަންކިޔުން

މިއިދާރާއިން ކުރިނބީ ކޯޕަރޭޓިވް ސޮސައިޓީއަށް ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކުރެވިފައިވާ ބިމުގައިހުރި ގްރީންހައުސް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭނީ 28 ޖުލައި 2017 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގައި މަސްޖިދު އީސާ ކަލޭފާނު ދޮރުމައްޗަށް އޮންނަ ބިމުގައެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ -/2000 ރުފިޔާއެވެ.

ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 07 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ނީލަންކިޔާ ތާރީޚުން ފެށިގެން ގިނަވެގެން 20 ދުވަހުގެ ތެރޭގައި ތަކެތި ނަގާ ބިން ހުސްކޮށް ސާފު ކުރަން ވާނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާމެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޖުލައި 2017 ވާ ހުކުރު ދުވަހުގެ މެނދުރުފަހު 14:00 އަށް ނީލަން ކިއުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަޑައިގެންދެއްވުން އެދެމެވެ. މިކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރ 6520036 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2017
ހޯދާ