މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

 

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގެ ދަށުން މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖްކެޓަށް ތިރީގައި ދަންނަވާފައިވާ މަޤާމްތަކަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

 

މަޤާމް:                ފިޝަރީޒް މެނޭޖްމަންޓް ކޮންޕޯނަންޓް ކޯޑިނޭޓަރ

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:         1

މުސާރާ:                  -/12,300ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:      މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މާރސްޓާސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ފިޝަރީޒް ރިސޯސް މެނޭޖްނަމްޓް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

މަޤާމް:                   މެރިކަލްޗަރ ކޮންޕޯނަންޓް ކޯޑިނޭޓަރ  

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:         1

މުސާރާ:                  -/12,300ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު      

1-      އެކުއަރކަލްޗަރ ނުވަތަ މެރިކަލްޗަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުގެ ތަޖްރިބާ ލިބިފައިވުމާއެކު އަދި 3 އަހަރު ދުވަހުގެ ފީލްޑްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމް:                   މޮނިޓޯރިނގް، ކޮންޓުރޯލް އެންޑް ސަރވެލިއަންސް ކޮންޕޯނަންޓް ކޯޑިނޭޓަރ  

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:         1

މުސާރާ:                  -/12,300ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މާރސްޓާސް ޑިގްރީ އިން ފިޝަރީޒް ސައިންސް، މެރައިން ކޯސްޓަލް ރިސޯސް މެނޭޖްނަމްޓް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

            23 ޝައްވާލް     1438

            17 ޖުލައި       2017

17 ޖުލައި 2017
ހޯދާ