މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖެކްޓު މެނޭޖުމަންޓް ޔުނިޓަށްތިރީގައި ބަޔާންކުރެވިފައިވާ  މަޤާމްތަކަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

 

މަޤާމް:                    ޓެކްނިކަލް މެނޭޖަރ

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                   30,800ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:           މިނިސްޓްރީ، ކ.މަނިޔަފުށި އަދި މި ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މާސްޓާރސް ޑިގްރީ އިން އެކުއަރކަލްޗަރ ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

މަޤާމް:                    މޮނިޓޯރިންގ އެންޑް އިވެލުއޭޝަން އޮފިސަރ  

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                  25,000 - 18,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މާސްޓަރސް ޑިގްރީ އިން ފިޝަރީޒް، އެކުއަރކަލްޗަރ، އެންވަޔަރަންމަންޓަލް، ނެޗުރަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމް:                    އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އޮފިސަރ  

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                  23,000 - 18,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މާސްޓަރސް ޑިގްރީ އިން އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް އިންޖިނިރިންގ، އެންވަޔަރަންމަންޓަލް ސްޓަޑީޒް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމް:                    ޕްރޮގްރާމް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                   18,000 - 15000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު      

1-      ބެޗްލާރސް ޑިގްރީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

މަޤާމް:                    ޕްރޮކިއުމަންޓް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                  12,300 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      ޑިޕްލޮމާ ސަރޓިފިކޭޓް އިން ޕްރޮކިއުމަންޓް، ކޮމާރސް، ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމް:                    އޮފީސް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ      ޢަދަދު:              1

މުސާރާ:                  9250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:           މިނިސްޓްރީ، ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

1-      މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

            24 ޝައްވާލް     1438

            18 ޖުލައި       2017

 

19 ޖުލައި 2017
ހޯދާ