ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރ:

J1C/2017/03

ތާރީޚް:

17 ޖުލައި 2017

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ. އެސް 3

ޢަދަދު:

01 ( އެކެއް )

މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފުލިދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

4465.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް  ފަސްރުފިޔާ)

  • މި މަޤާމަށް ލިބޭ އެލަވަންސް:
  • ސާރވިސް އެލަވަންސް: 1500.00ރ (ފަނަރަ ސަތޭކަ ރުފިޔާ )
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ލިވިންގ އެލަވަންސް: 2550.00ރ ( ދެހާސް ފަސްސަތޭކަ ފަންސާސްރުފިޔާ)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

 

  •  އަސާސީ ޝަރުޠު:
  1. މަޤާމުގެމަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި  ޘާބިތުކޮށްދިނުމާއި އެކު، ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު ، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ،
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު،GS 2  ރޭންކްގައި މަދުވެގެން  2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.                                                          

 

 

  • މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
  1. އެންޓްރީކުރުމާއި،ޔައުމިއްޔާލިޔެ ބެލެހެއްޓުން.
  2. ޙާޟިރީއާއި ޗުއްޓީގެ ރެކޯޑުތަކާއި އެކަމާގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް.
  3. މުވައްޒަފުންނާއި، ވަޒީފާއާބެހޭ އެންމެހާ މަސައްކަތް.
  4. ކޯޓުގެ ސްޓޮކާއި، އިންވެންޓްރީބެލެހެއްޓުމުގެ މަސައްކަތް.
  5. ތަފާސްހިސާބާބެހޭ އެންމެހާ މަސައްކަތް.
  6. ޕްރޮކިއުމަންޓާބެހޭ އެންމެހާ މަސައްކަތް.
  7. އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

 

  

 

  • ހުށަހަޅަންޖެހޭ ތަކެތި:
  1. ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
  2. ކުރިމަތިލާފަރާތުގެ ވަނަވަރު ( ސީ.ވީ )
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުންތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ )
  4. ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ  އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުންތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯރޓް ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުންތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ )
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭ ލިޔުންތަކުގެ ކޮޕީ.( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުންތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ )

 

  • ސުންގަޑި:
  • 31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓަށް ނުވަތަ ވ.ފުލިދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
       

 

 

   

  • އެހެނިހެން މަޢްލޫމާތު:
  • މި އިޢްލާނަކީ ، 09 ޖުލައި 2017 އިން ފެށިގެން މިކޯޓުން ހުސްވެފައިވާ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިޢުލާނެކެވެ.
  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް މި އިޢްލާނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުކޮށް ހުށަހަޅާފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނޭ ވާހަކަ ދެންނެވީމެވެ.

 

  • މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނޭ ކަންތައްތައް:

 

  1. މި މަޤާމަށް މީހަކު ހޮވުމުގައި ، ކޮމްޕިއުޓަރާއި އަދި މެޝިނަރީއާއި އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެނގޭ ފަރާތްތައް.
  2. މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމުތައް ބޭނުންކުރަންއެނގޭފަރާތްތައް.
  3. ގިނަ ވަގުތު މަސައްކަތުގައި  ހޭދަކުރެވޭނެ ފަދަ ފަރާތްތައް.
  4. ކޯޓުގެ ބޭނުމަށް ދަތުރުކުރަންޖެހޭތަންތަނަށް ދަތުރު ކުރެވޭފަދަ ފަރާތްތައް.
  5. ޚިދްމަތް ލިބިގަންނަން އަންނަ ފަރާތްތަކާ ހިތްހެޔޮކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:
  1. ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށްޓަކައި، ޙާޞިލްކޮށްފައިވާ ތަޢްލީމާއި، ތަމްރީނަށާއި،މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއާއި ޤާބިލްކަން ބެލުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ.
  2. ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރުބެލުމަށް ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.
17 ޖުލައި 2017
ހޯދާ