މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގެ ބޭނުމަށް ކޮންޓްރެކްޓް އުސޫލުން ރާއްޖެއިން ބޭރުން ގެންނަންށްޖެހޭ ބިދޭސީން ގެނައުމާއި، އަދި އެފަދަ މީހުންނަށް ސަރުކާރުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސަރވިސްގެ ބޭނުމަށް ކޮންޓްރެކްޓް އުސޫލުން ރާއްޖެއިން ބޭރުން ގެންނަންށްޖެހޭ ބިދޭސީން ގެނައުމާއި، އަދި އެފަދަ މީހުންނަށް ސަރުކާރުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖުލައި 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/-ރ ( އެއްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 15:30  ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2017 އޮގަސްޓް 03 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް  ޕްރީބިޑް ބައްދަލުވުމާއި  ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

18 ޖުލައި 2017
ހޯދާ