މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

މަޤާމްގެ ނަންބަރ:          J-289420 

ބޭނުންވާ އަދަދު:           01  (އެކެއް) 

މަޤާމްގެ ގިންތި:            ދާއިމީ 

މަޤާމްގެ ރޭންކް:            އެމް.އެސް 2 

މަޤާމްގެ ކްލެސިފިކޭޝަން :     ސީނިއަރ އޮފިސަރ ގްރޭޑް 2  

ސެކްޝަން:              އެޑްމިން އެންޑް ޖެނެރަލް ޕްރޮކިއުމަންޓް ސެކްޝަން

މަޤާމް އޮތް އޮފީސް:         މިނިސްޓްރީ އޮފް އެޑިޔުކޭޝަން 

ވަޒީފާ އަދާކުރަންޖެހޭ ތަން:      މިނިސްޓްރީ އޮފް އެޑިޔުކޭޝަން 

މުސާރަ :               -/6295 ރުފިޔާ 

ސަރވިސް އެލަވަންސް:        -/2000 ރުފިޔާ 

އިތުރު އިނާޔަތްތައް:          1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް. 

                     2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 

                     3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް: 

1- މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކުން ފޮނުވާ 35,000 ރުފިޔާ އިން ދަށުގެ ޚިދުމަތާއި ތަކެތި ހޯދުމަށް 3 ކޯޓޭޝަން ހޯދުމާއިއެކު އެގްރިމެންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރިމެންޓްކޮށް އެމަސައްކަތް ޙަވާލުކުރަންޖެހޭ ފަރާތް ތަކާއި ޙަވާލުކޮށް އެމަސައްކަތާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުވާ، އެމަސައްކަތްތައް ވިލަރެސްކޮށް ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓުން.

2. މިނިސްޓްރީގެ ހުރިހާ ސެކްޝަން، ޑިޕާރޓްމަންޓް، ޑިވިޜަންތަކުން ބާއްވާ ވޯރކްޝޮޕް ސެމިނަރ، އަދި ޖަލްސާފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

3. ޙަވާލުވެފައިވާ މަސައްކަތުގެ ބިލްތައް ހޯދުމާއި ބިލްތައް ލިބުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް ބިލްލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ބިލްތަކާޢި ލިޔުންތައް ބިލިންގ ޔުނިޓާއި ޙަވާލުކުރުން.

4. ޙަވާލުކުރެވިފައިވާ މަސައްކަތާއި ގުޅޭ އެންމެހާ ލިޔުންތައް ތަރުތީބުން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

5.  މިނިސްޓްރީއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް ކުރުން. 

ޝަރުތު: 

  1.  ޕްރޮކިޔުމަންޓް، ލޮޖިސްޓިކް، މެނޭޖްމަންޓް، އެކައުންޓިންގ އަދި ފައިނޭންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ ޕްރޮކިޔުމަންޓް، ލޮޖިސްޓިކް، މެނޭޖްމަންޓް، އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ 

  2. ޕްރޮކިޔުމަންޓް، ލޮޖިސްޓިކް، މެނޭޖްމަންޓް، އެކައުންޓިންގ އަދި ފައިނޭންސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

ނުވަތަ 

  3.  ޕްރޮކިޔުމަންޓް، ލޮޖިސްޓިކް، މެނޭޖްމަންޓް، އެކައުންޓިންގ އަދި ފައިނޭންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށެވެ. 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

އިންޓަވިއު ކުރުން: 

ހ. މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ. 

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ޝޯޓް ލިސްޓްކުރުން: 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 

30% 

އިތުރު މަޢުލޫމާތު ހޯދުން: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

17 ޖުލައި 2017
ހޯދާ