މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސް ގެ (IUL)447-PR/1/2017/27  ނަންބަރު އިޢުލާންއާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުގައި މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަންބޭނުންވެއެވެ.

- 16 ކޮމްޕިއުޓަރ ސިސްޓަމް

- 01 އޯލް އިން ވަން ޕްރިންޓަރ (ބްލެކް އެންޑް ވައިޓް)

- 02 A3 ކަލަރ ޕްރިންޓަރ

- 01 A2 ލޭޒަރ ޕްރިންޓަރ

- 01 A3 ލެމިނޭޓިންގ މެޝިން

- 03 ޕޯޓަބަލް ސްކޭނަރ       

އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:

ހ- އަގު (އެސްޓިމޭޓް) ހުށަހަޅުއްވަން ވާނީ ހުރިހާ އައިޓަމަކަށެވެ.

ށ- އަގު ހުށަހަޅުއްވަންވާނީ ކޮންމެ އައިޓަމެއްގެ އަގު ވަކިން ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.

ނ- ސަޕްލައިކޮށްދެވޭނެ މުއްދަތު (ބަންދު ދުވަސްތަކާއި އެކު).

ރ- ވޮރެންޓީ މުއްދަތު.

 

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ.

ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.

އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތް: 

 ހ-އަގު =70 ޕޮއިންޓް           

 {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) × 70} 

 ށ- ޑެލިވަރީ މުއްދަތު = 10 ޕޮއިންޓް

 {(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) × 10}

 ނ- ވޮރެންޓީ މުއްދަތު = 10 ޕޮއިންޓް

 {(އެންމެދިގު ވޮރެންޓީ މުއްދަތު)/ (ހުށަހެޅި މުއްދަތު) 10}

 ރ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް

 ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

 ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

 ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ތަކެއްޗާއި ބެހޭ މަޢުލޫމާތު ޝީޓް ރަސްމީ ގަޑީގައި މި ސަރވިސަސްގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދެވޭނެ ފަރާތްތަކުން 01 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

23 ޝައްވާލް 1438

      17 ޖުލައި 2017        

17 ޖުލައި 2017
ހޯދާ