އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މަސައްކަތުމީހުން ބޭނުންވެއްޖެ

އިޢްލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:                       މަސައްކަތު

މަޤާމުގެ ގިންތި:                        ދާއިމީ

ބޭނުންވާ އަދަދު:                        2

އޮފީސް/އިދާރާ:                         އދ. ފެންފުށީ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:                 އދ. ފެންފުށީ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރު

މުސާރަ:                             3000.00ރ

ހާޟިރީ އެލަވަންސް:                     މަސައްކަތު ނުކުންނަ ދުވަހަކަށް 100.00ރ

މަޤާމުގެ ޝަރުތުތައް:                     ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން

                              ސާބިތުކޮށްދިނުން

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:    1- ގޭގެއިން ޕިކަޕަށް ކުނި ނެގުން

                              2- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ޖަމާކުރުން

                              3- ކަނޑައެޅިފައިވާ ބައިތަކަށް ވަކިކޮށް އައިލެންޑް ވޭސްޓް މެނޭޖްމަންޓް

                              ސެންޓަރުގައި ކުނި ބެހެއްޓުން

                              4- ކޮމްޕޯސްޓިން ޕައިލް ހެދުން

                              5- ކޮމްޕޯސްތިން ޕައިލް ފްރޮޅުން

                              6- ކައުންސިލުން ކަނޑައަޅާ ރަށުތެރޭގެ ސަރަހައްދުތައް ސާފުކުރުން

                              7- ކައުންސިލްގެ ވިޔަފާރިއަށް ގެންނަ މުދާ އުފުލަންޖެހޭ ތަންތަނަށް އުފުލުން

                              8- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް ކުރުމަށް

                              ކައުންސިލުން ކަނޑައަޅާ އެހެނިހެން މަސައްކަތްތައް ކުރުން

 

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް         1- ތަޢުލީމާއި ތަމްރީން:         %30 (ތިރީސް އިންސައްތަ މާކްސް)

ހޮވުމަށް ބެލެވޭނެ ކަންތައްތަށް                     2- މަސައްކަތު ތަޖުރިބާ:           (ފަނަރަ އިންސައްތަ މާކްސް)

                                  3- ލިބިފައިވާ ހުނަރު:             %55(ފަންސާސްފަހެއްއިންސައްތަ މާކްސް)

 

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ          މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  01 އޮގަސްޓް 2017

ތަނާއި މުއްދަތު                         އާއި 07 އޯގަސްޓް 2017 އާއި ދެމެދު އދ. ފެންފުށީ ކައުންސިލްގެ

                              އިދާރާގައެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:        މިވަޒީފާ އަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 25 ޖުލައި 2017 ވާ

                              އަންގާރަ ދުވަހު 14:00 ގެކުރިން ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް

                              ފުރިހަމަކުރެއްވުމަށްފަހު އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށް

                              ހުށަހެޅުއްވުންއެދެމެވެ.

 

އުޖޫރައާއި އިނާޔަތްތައް:                މިމަޤާމަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން މުސާރައާއި ހާޟިރީ އެލަވަންސްގެ

                              ފައިސާ ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ

                              ފައިސާ އާއި ޗުއްޓީ ދުވަސްތަކު މަސައްކަތްކޮށްފިނަމަ ބަންދުދުވަހުގެ

                              އެލަވަންދެވޭނެއެވެ. މީގެ އިތުރުން ވަޒީފާ އާއިބެހޭ ގާނޫނުގެ ދަށުން ލިބިދޭ

                              އެންމެހާ އިނާޔަތްތައް ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:               1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެންހުންނާނީ

                              އދ. ފެންފުށީ ކައުންސިލްގެ އިދާރާ އިންނެވެ.)

                              2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް

                              ހިމެނޭގޮތަށް)

                                  3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ

                                  ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                                  4- ބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                                  5- ސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ

                                  ލިޔުންތަކުގެ

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680889 އެވެ.އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޝައްވާލް 1438

17 ޖުލައި 2017

17 ޖުލައި 2017
ހޯދާ