އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

            މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/INDIV/2017/12 އިއުލާނާގުޅިގެން މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެ އިއުލާންވަނީ ބާތިލްވެފައެވެ.

            މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން މީލާދީ 3 އަހަރުދުވަހުގެ މުއްދަތަށް ކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމަށްއެދި ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ޑިއުޓީކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އޮފީސްތަށްހުޅުވިފައިހުންނަ ރަސްމީދުވަސްތަކު މެންދުރުފަހުު 14:00 އިން އަނެއްދުވަހު ހެދުނު 08:00 އާއި ދެމެދުއެވެ. ސަރުކާރު އޮފީސްތަށް ބަންދުދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީކުރަންޖެހޭނެއެވެ. ރަމަޞާންމަހު ޑިއުޓީ ކުރަންޖެހޭނީ ރަސްމީދުވަސްތަކު 14:00 އިން އަނެއްދުވަހު ހެނދުނު 10:00 އާދެމެދުއެވެ. ބަންދު ދުވަސްދުވަހު 24 ގަޑިއިރު ޑިއުޓީ ކުރަންޖެހޭނެއެވެ.

            ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް މައުލޫމާތުދިނުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހު 13:00 ގައި ފެންފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ކައުންސިލްގެ އިދާރާގެެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި ބިޑްހުށަހެޅުއްވޭނީ ހަމައެކަނި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

            މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަ އެކަންބަޔާންކޮށް ސިޓީއާއި އައިޑީކާޑު ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.

            ކޮންޓްރެކްޓްއުސޫލުން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 23 ޖުލައި 2017 ވާ އާދީއްތަދުވަހުގެ 13:00 އަށް މިމަސައްކަތްކޮށްދެއްވޭނެއަގުބަޔާންކޮށް ސިޓީ ހިއްޕަވައިގެން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދެމެވެ. ސިޓީގައި ބިޑްހުށަހަޅުއްވާފަރާތުގެ ތިރީގައިވާ މައުލޫމާތު ހިމަނުއްވަންވާނެއެވެ.

1-      ފުރިހަމަނަން

2-      އަތޮޅާއިރަށް

3-      ރަށުގެ އެޑްރެސް

4-      އައިޑެންޓިޓީ ކާޑް ނަންބަރު

5-      ހޭންޑް ފޯން ނަންބަރު

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

11 ޝައްވާލް 1438

04 ޖުލައި 2017

16 ޖުލައި 2017
ހޯދާ