މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެކްސްޓަރނަލް އޮޑިޓް ފާމެއް ހޯދުން

 

1. މި އޮތޯރިޓީ އަށް 2017 އިން 2019 ގެ ނިޔަލަށް އޮޑިޓް ކޮށްދޭނެ އެކްސްޓަރނަލް އޮޑިޓް ފާމް އެއް ހޯދުމަށް ބޭނުންވެއެވެ.

 

2. މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް  މި އިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ. މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރަށް އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތެއް ވާނަމަ 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

3. މި ބިޑާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނާނެއެވެ.

 

4. ޕްރީ ބިޑް މީޓިންގ އަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

 

5. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން 8 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހަޅުއްވަން ވާނެއެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ބޮޑުތަކުރުފާނު މަގު ،

މާލެ 20182،

ދިވެހިރާއްޖެ

 

6. ބިޑްތައް ހުޅުވުން އޮންނާނީވެސް 8 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއޮތޯރިޓީގައި، ބިޑަށް ހުށަހަޅުއްވަން ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައެވެ.

16 ޖުލައި 2017
ހޯދާ