މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށް ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމްތައް

ނަންބަރ:  IUL) 438/438/2017/140)

އިޢުލާން

އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށް ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ތިރީގައި ބަޔާން ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން  މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމް ތަކެކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި ފާ ޗަސްބިން ބެލެހެއްޓުމުގެ (މެނޭޖްކުރުމުގެ) ބަޔަކާއި، ކުނި ނައްތާލުމާ ބެލެހެއްޓުމުގެ (މެނޭޖްކުރުމުގެ) ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި ފާ ޗަސްބިން ބެލެހެއްޓުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ.

މިގޮތުން މިޕްރޮގުރާމުތަކުގައި ފުވައްމުލައް ޗަސްބިން ސަރަހައްދުން ލިބެން ހުންނަ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތުގެ މަތީން. އަދި މި ޕްރޮގްރާމުތަކުގައި މިފަދަތަކެތީގެ ވިޔަފާރި ކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތަށްވެސް ކިޔަވާދެވޭނެއެވެ.

ނޯޓް: މި ޕުރޮގުރާމުގައި ބައިވެރިވުމަށް ފީއެއް ދޭކަށް ނުޖެހޭނެއެވެ. އަދި ކިޔެވުމަށް ބޭނުންކުރާނެ އާލާތްތައް ޕްރޮގުރާމް އިންތިޒާމު ކުރައްވާ ފަރާތުން ފޯރުކޮށްދެއްވާނެއެވެ

މި ގޮތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ޕްރޮގުރާމްތަކަކީ:

  1. ރުކުފަތި ވިޔަން ދަސްކޮށްދޭ ކޯސް
  2. ކަށިކެޔޮފަތުން ވިޔަން އަދި ފުނައޮށުން ތަކެތި ހެދުމަށް ދަސްކޮށްދޭ ކޯސް

މި ޕޮރޮގުރާމުތަކުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 16 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ފުވައްމުލަކުގައި ދިރިއުޅޭ ރައްވެއްސަކަށްވުން

ކޯހުގެ މުއްދަތު:

  • 06 އޯގަސްޓް 2017 އިން 19 އޯގަސްޓް 2017 އަށް (14 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

އެޕްލިކޭޝަން ފޯމް ލިބޭނީ:

  • ޕްރޮޓެކްޓަޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް ފުވައްމުލައް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާ، ނަރުގިސް މަގު، ފުވައްމުލައް ދިވެހިރާއްޖެ)

ހުށަހަޅަންޖެހޭ އޮފީސް:

  • ޕްރޮޓެކްޓަޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް ފުވައްމުލައް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާ، ނަރުގިސް މަގު، ފުވައްމުލައް ދިވެހިރާއްޖެ)

އިތުރު މަޢުލޫމާތު:

  • 3018443 ގުޅުއްވުން އެދެމެވެ.

ސުންގަޑި:

  • 30 ޖުލައި 2017، 14:00 ގެ ކުރިން

 

ވީމާ މަތީގައި ބަޔާން ކުރެވިފައިވާ ޕްރޮގުރާމު ތަކުން ޕްރޮގުރާމެއްގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާނަމަ ސީސީއޭޕީ ގެ ޕްރޮޖެކްޓު އޮފީސް (ސިޓީ ކައުންސިލް އިދާރާ) އިން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 30 ޖުލައި 2017 ގެ 14:00 ގެ ކުރިން ސީސީއޭޕީ ގެ ޕްރޮޖެކްޓު އޮފީސް (ސިޓީ ކައުންސިލް އިދާރާ) އާއި ހަވާލު ކޮށްދެއްވުން އެދެމެވެ.

16 ޖުލައި 2017

16 ޖުލައި 2017
ހޯދާ