ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2017/29    

ތާރީޚް: 13 ޖުލައި 2017

މަޤާމު

 ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

ރޭންކް: ޖީ.އެސް 3

ޢަދަދު

 01

މަސައްކަތްކުރަންޖެހޭ ތަން

 ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

 -/4465 ރުފިޔާ.

މިމަޤާމަށް ލިބޭ އެލަވަންސް

 ސަރވިސް އެލަވަންސް -/1500 ރުފިޔާ

 ލިވިންގ އެލަވަންސްގެ ގޮތުގައި -/2550 ރުފިޔާ

 ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20  

 ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ލިބިފައިވުން، ނުވަތަ

 މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  • ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބްލް ޝޫޓް ކުރުން.
  • ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފޯނުގެ ޒަރިއްޔާއިން އަ.އި.ޓީ އާއިގުޅޭގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • ވ.ޖުޑީޝަލްދާއިރާގެ  މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

 

  • ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް އެ މެނޭޖްކޮށް ބެލެހެއްޓުން.
  • ނެޓްވާރކްގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކާމާއިއެކު ބެލެހެއްޓުން.
  • ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެންހުންނާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
  • ވ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މެމްސް ގާއިމުކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، މެމްސް ގާއިމު ކުރެވިފައިވާ ކޯޓުތަކުގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުން.

ހުށަހަޅަންޖެހޭ ތަކެތި

 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ  14:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

މަޤަމަށް މީހަކު ހޮވުމުގައި އިސްކަންދޭނެކަންތައް.

  • އަތޮޅުގެ ކޯޓްތަކަށް ދަތުރުކުރަން ޖެހިއްޖެނަމަ ދަތުރުކުރެވޭނެފަދަ ޞިއްޚަތެއްގައި ހުރިފަރާތަކަށް ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް ވުން.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281 / 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
13 ޖުލައި 2017
ހޯދާ