މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫކައުންސިލްގެ ފުޓްސަލްމުބާރާތާއި، ވޮލީ މުބާރާތް އަދި ބަށިމުބާރާތް ރާވާ،ރާވާ ހިންގާދޭނެ ފަރާތެއް ހޯދުން

ކޮންމެ ބޮޑުޢީދަކާއި ދިމާކޮށް މިކައުންސިލުން ބާއްވަމުން އަންނަ ފުޓްސަލް އަދި ވޮލީމުބާރާތާއި މިފަހަރު އަލަށް ބާއްވާ ބަށި މުބާރާތް ރާވާ، ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2017ވާ އަންގާރަ ދުވަހުގެ 13:00އަށް   މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،03 އޮގަސްޓް 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކްލަބެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީގެ ކޮޕީއެއް ޕްރޮޕޯސަލްއާއިއެކު ހުށައަޅުއްވަންވާނެއެވެ. 

16 ޖުލައި 2017
ހޯދާ