ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :30

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެގްޒެމިނޭޝަން ޑިޕާރޓްމަންޓުން ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި  އިންވިޖިލޭޓަރުން ބޭނުންވެއެވެ. މިއިމްތިހާނުތަކަކީ މުޅި އަހަރަށް ބަހާލައިގެން އެކި ދުވަސްވަރުގައި ކުރިޔަށްދާ އިމްތިހާނުތަކަކަށްވާތީ، މިކަމަށް ހޮވޭ ފަރާތްތަކަށް އިމްތިހާނުގެ  ދުވަސްވަރު ކައިރިވުމުން އިންވިޖިލޭޝަން ޑިއުޓީ ހަމަޖައްސާ، އެކަން އަންގާނެއެވެ. މިގޮތަށް އިންވިޖިލޭޓް ކުރާ އިމްތިހާނުތަކުގައި ޔުނިވަރސިޓީގައި ކިޔަވައިދޭ ކޯސްތަކުގެ އިމްތިހާނުތަކާއި، އެހެނިހެން މުއައްސަސާތަކުން ޔުނިވަރިސިޓީ މެދުވެރިކޮށް ބާއްވާ އިމްތިހާނުތައް ހިމެނެއެވެ.

އިމްތިހާނުތަކަށް ބޭނުންވާ އިންވިޖިލޭޓަރުންގެ އަދަދަކީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދާއި އިމްތިހާނު ހޯލްތަކުގެ އަދަދަށް ބަލާފައި ކަޑައެޅޭ އަދަދެއްކަމުން، އެކި އިމްތިހާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ތަފާތުވާނެއެވެ. އަދި މިއަދަދު ކަޑައެޅޭނީ އެ އިމްތިހާނެއްގެ ޓައިމްޓޭބަލް ފައިނަލް ވުމުން ނުވަތަ ކެންޑިޑޭޓުން ރަޖިސްޓަރ ކުރާ އިމްތިހާނެއްނަމަ، ރަޖިސްޓްރޭޝަންއަށް ފަހުގައެވެ. ވީމާ، މިހާތަނަށް ބޭއްވުނު އިމްތިހާނުތަކުގެ އިންވިޖިލޭޓަރުންގެ އަދަދަށް ބަލާފައި، މިއިއުލާނުގެ ދަށުން ނެގުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 30 އިންވިޖިލޭޓަރުންނެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

ގިނަވެގެން 30

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ )

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިހާނު ދުވަސްވަރުގައި އިންތިހާންތައް ބޭއްވޭނީ އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެމަތިން، 3 ދަންފަޅިއަށް ބަހާލައިގެން ހެދުނާއި، މެންދުރުފަހާއި، ރޭގަނޑެެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ  އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

13 ޖުލައި 2017
ހޯދާ