ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

 

ފެކަލްޓީ އޮފް އާޓްސް

ފަޅުމަތީ މަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

ނަންބަރ: 153-FA/2017/06

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން

ބަސް އުނގެނުމުގެ ދާއިރާއިން، ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރުން ހަދަމުން ގެންދާ ރިސާޗްގައި، މަސައްކަތް ކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.

 

މުސާރަ:

މަހަކު 6000 - 7000 ރުފިޔާ

ބޭނުންވާ ޢަދަދު:

01

ޝަރުތު:

ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލް އާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

-         އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރުން.

-         މީގެ އިތުރުން އޭ-ލެވެލް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރާންޖެހޭ މަސައްކަތް:

ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން)

ރިސާޗް ޑޭޓާ އެއްކުރުމުގައި އެހީތެރިވުން

ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން

މަސައްކަތްކުރަންޖެހޭ މުއްދަތު:

1 އޮގަސްޓް 2017 ން 31 އޮކްޓޯބަރ 2017 ށް (3 މަސް)

މަސައްކަތްކުރާން ޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

ސިޓީއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

 

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު)

              

                  ވީމާ، މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345176 ނަންބަރާ ގުޅުއްވުން އެދެމެވެ.

19 ޝައްވާލު 1438

13 ޖުލައި 2017

 

                                                                   

                                                               ޚާދިމްކުމް

           

 

                                                            ޢަބްދުއްރަޝީދު ޢަލީ

                                                                 ޑީން

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

13 ޖުލައި 2017
ހޯދާ