އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

ނަންބަރު:57(IUL)32-HRD/1/2017/

 

އިޢުލާން

 

 

ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތެއްކޮށްދިނުމަށްޓަކައި ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 19 ޖޫން 2017 ގައި ކުރެވުނު މި އޮފީހުގެ ނަންބަރު  (IUL)32-HRD/1/2017/48  (19 ޖޫން 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

 

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެންހުންނާނެއެވެ.

 

މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. އަދި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010126 ފޯނާ ގުޅުއްވުން އެދެމެވެ.

 

                                 19 ޝައްވާލް 1438

13 ޖުލައި   2017

 

 

 

 

 

 

13 ޖުލައި 2017
ހޯދާ