ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް

އިޢުލާން

 

ތިރީގައި އެވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 16 ޖުލައި 2017 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ޖުލައި 2017 ވާ ބުދަ  ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް

 

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާކެމްޕަހާއިކޯސްހިންގާނެގޮތް: ސ.ހިތަދޫ ކެމްޕަސް، ފުލްޓައިމް

ކޯހަށްވަނުމަށްބޭނުންވާދަށްމިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އިސްލާމް މުދައްރިސް ޑިގްރީ ފައުންޑޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާ ހާސިލު ކޮށްފައިވުން. ނުވަތަ

ރ. ގުޅުންހުރި ދާއިރާއަކުންއެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

13 ޖުލައި 2017
ހޯދާ