ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މީހަކު ހޯދުމާބެހޭ

 

        ކޮންޓްރެކްޓް އުޞޫލުން، 2017 ޖުލައި 25 ވަނަ ދުވަހުން ފެށިގެން 2017 ޑިސެމްބަރު މަހުގެ ނިޔަލަށް މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.   

 ·މަޤާމު:        ސެކިއުރިޓީ އޮފިސަރ

  ބޭނުންވާ ޢަދަދު:    01 ( އެކެއް )

  މުސާރަ:        މަހަކު 4100.00 ( ހަތަރުހާސް އެއްސަތޭކަ ރުފިޔާ )

  ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.
  2. ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި މަޤާމުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

 މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 07 ( ހަތެއް ) ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ރަނގަޅަށް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓްފިކެޓްގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ހެއްދިފަހުން 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް (ހުށަހަޅުއްވާނީ އިންޓަވިއުއަށް ވަޑައިގަންނަވާއިރު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2017 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520046 ނަންބަރާއެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުލައި 2017
ހޯދާ