މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސ.މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ޚިދުމަތަށް އެދުމުގެ މުއްދަތު އިތުރު ކުރުމާއިބެހޭ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކުރައްވާފައިވާ ސ.މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަގަކާއިނުލާ ނަރުދަމާގެ ޚިދުމަތް ގުޅުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވުނު ނަންބަރ: (IUL)138-LDS4/1/2017/122(01 ޖޫން 2017) އިޢުލާނުގެ މުއްދަތު ހަމަވިއިރު ބައެއްގޭބިސީތަކަށް ފޯމް ހުށަހެޅިފައި ނުވާތީ އެފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ފޯމްހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށްވަނީ ނިންމަވާފައެވެ.  

                ވީމާ، މިމަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅުމަށް އެދިލައްވާ ފަރާތްތަކުން "ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް CPMD F(101)" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ފޯމް ލިބިލައްވާނީ:

އެމް.ޓީ.ސީ.ސީ. ޕްރޮޖެކްޓް އޮފީސް (ސ.ފޭދޫ) ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓް/ސ.ފޭދޫ،މަރަދޫ،މަރަދޫފޭދޫ ސެކްޝަން

ފޯމް ހުށަހެޅުއްވަންޖެހޭ ތަން:

އެމް.ޓީ.ސީ.ސީ. ޕްރޮޖެކްޓް އޮފީސް (ސ.ފޭދޫ)

ފޯމް ހުށަހެޅުއްވަންޖެހޭ ސުންގަޑި:

13 އޮގަސްޓް 2017 ވާއަންގާރަ ދުވަހުގެ 14:00ގެ ކުރިން

 

19 ޝައްވާލު 1418

13 ޖުލައި 2017

13 ޖުލައި 2017
ހޯދާ