ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: އެކައުންޓްސް އެންޑް ފައިނޭންސް
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސި އަދި ދިވެހިން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފައިސާ ބެލެހެއްޓުމާއި ބަޖެޓުގެ މަސައްކަތްކުރުން.
- އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
- ފައިސާގެ މުޢާމަލާތްތަކުގެ ފައިލް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ދާކަން ކަށަވަރުކުރުން.
- މިނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
މުސާރައާއި ޢިނާޔަތް:
ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި:
2017 ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ފޯމު.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ސީވީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
އެކައުންޓްސް އެންޑް ފައިނޭންސް |