މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕާރޓްމެންޓްތަކެއް ކުއްޔައް ހިފުމާއި ބެހޭ

މި އިޢުލާންވަނީ 13 ޖުލައި 2017 08:59 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އެޕާރޓްމެންޓްތަކެއް ކުއްޔައް ހިފުމާއި ބެހޭ

 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބޭނުމަށް، ފަރުނީޗަރާއިއެކު 02 ކޮޓަރީގެ 04 އެޕާރޓްމެންޓް މާލެ/ހުޅުމާލެ އިން ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން 4 އެޕާރޓްމެންޓަށްވުރެއް މަދުން ހުރިކަމުގައިވިއަސް ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި އެޕާރޓްމެންޓްތަކުގައި ތިރީގައިވާ އިޖުރާޢުތައް ފުރިހަމަ ވާންވާނެއެވެ.

 

  1. "ފުލީ ފާރނިޝްޑް"

  2. "ސިންގަލް ބެޑް"

  3. "ސިންގަލް ޑޯ ވާރޑްރޯބް"

  4.  ޓީވީ

  5. "ފުލީ އިކުއިޕްޑް ކިޗަން"

  6. އެޕާރޓްމެންޓް މަރާމާތުކޮށް ބަލަހައްޓަންވާނީ ވެރިފަރާތުންނެވެ.

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޖުލައި 17 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

 

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖުލައި 20 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 20 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

12 ޖުލައި 2017
ހޯދާ