ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2017/222)
އިޢުލާން
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރު، ބ. ހިތާދޫ ސްކޫލަށާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
ހިތާދޫ ސްކޫލް (ބ. ހިތާދޫ) 210 ޑެސްކު 6 ޓީޗަރސް ޓޭބަލް 6 ވައިޓް ބޯޑް 210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) 6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ) |
ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ. ދިއްދޫ) 40 ސްޓޭޖް ގޮނޑި 700 ޕްލާސްޓިކް ގޮނޑި (އަތްގަނޑުލީ) |
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާނީޗަރ (ބ. ހިތާދޫ ސްކޫލް) އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާނީޗަރ (ހއ.އަތޮޅު ތައުލީމީ މަރުކަޒު)" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މީގެ އިތުރުން މައުލޫމާތު ޝީޓެއްވެސް ހިމެނޭނެއެވެ. މި ޑޮކިޔުމަންޓްތައް ހޯދުމަށް އެދި[email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް http://eedp.moe.gov.mv/#/download އިން ޑައުންލޯޑް ކުރެވޭނެއެވެ. މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.
[email protected] ނުވަތަ [email protected]– އީމެއިލް:
18 ޝައްވާލް 1438
12 ޖުލައި 2017