އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ޑޮކްތައް ހެދުމަށް ބޭނުންވާ ބަލައު ލަކުޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

 މިކުންފުނީގެ ސީޕްލޭން ޑޮކްތައް ހެދުމަށް ބޭނުންވާ ބަލައު ލަކުޑި ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 19 ޖުލައި ވާ ބުދަ ދުވަހުގެ 10:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 1 އޮގަސްޓް ވާ އަންގާރަ ދުވަހުގެ 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

          11 ޖުލައި 2017

11 ޖުލައި 2017
ހޯދާ