ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ސވިލް އިންޖިނިއަރ

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

GIL/IUL/2017/205ނަންބަރު:   

ތާރީހް: 11 ޖުލައި 2017      

ވަޒީފާގެ ފުރުސަތު

ޕްރޮޖެކްޓްސް އޮފިސަރ ބޭނުންވާ ޢަދަދު - 01

މުސާރަ: 11،500.00 ރ

ފުޑް އެލަވަންސް: 1050.00ރ

ލިވިންގް އެލަވަންސް: -

ސެޓްފިކެޓް އެލަވަންސް: 4600.00ރ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް 20.00ރ

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • ނުވަތަ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގ ގެ ދާއިރާ އިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއިއެކު، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުން ކުރަން އެނގުން.
  • އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސާރވިސް ޑްރޯވިންގްސް  ކިޔަން އެނގުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ގުޅިފަޅު ސައިޓުގައި ކުރަންޖެހޭ އެންމެހާ މަރާމާތު މަސައްކަތްތައް ބަލަހައްޓާ އެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ރޭވުމަށް އެހީތެރިވެދިނުން.
  • ކުންފުނީގައި ހިންގާ ޕްރޮޖެކްޓްތައް މުރާޖަޢާކޮށް ޕްރޮޖެކްޓަށް ބޭނުންވާ ތަކެއްޗާއި މަސައްކަތަށް ޚަރަދުވާނެ ފައިސާ އަންދާޒާކޮށް ބަޖެޓް ތައްޔާރުކޮށްދިނުމަށް އެހީތެރިވުން.
  • ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުންތައް ތައްޔާރުކޮށްދިނުމަށް އެހީތެރި ވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ  ސެޓްފިކެޓުތަކުގެ ކޮޕީ
  • ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
  • ސުންގަޑި: 25 ޖުލައި 2017 ވަނަ ދުވަހުގެ 16:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 16:00 އަށެވެ.)
  • ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާ، ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް

އީމެއިލް އެޑްރެސް: [email protected]

11 ޖުލައި 2017
ހޯދާ