ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

 

 

އިޢުލާން

 

އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

                ކިނބިދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ކުރި މިއިދާރާގެ ނަމްބަރ: (IUL)393/393/2017/16 ( 21 މާރިޗް 2017 ) އިޢުލާނާ  ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުމަށް މީހުން ހާޟިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އިޢުލާން ކުރީމެވެ.

             

              ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އިޖްތިމާޢީ ސަރަހައްދު ތަކުގެތެރޭގައިހިމެނޭ ކުނިކަހައި ސާފުކުރަން ބޭނުންވާ ސަރަހައްދު ތަކަކަކީ :

       1- ކިނބިދޫގެ މޫނުމަތި ސަރަހައްދު ( ޖެޓީ ސަރަހައްދު ) ޗާޓްގައި ފާހަގަ ކުރެވިފައިވާ މިންވަރަށް )

       2- ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތައް

       3- އިޖްތިމާޢީ މަރުކަޒު މަގާއެކު

       4- ޕްރީސްކޫލް ގޯތި މަގާއެކު

       5- ރަތްވިލާގެ ގޯތި މަގާއެކު

       6- އޯކިޑްވިލާ ގޯތި މަގާއެކު

       7- މަސްޖިދުލް ނޫރު ގޯތި މަގާއެކު

       8- ޤަބުރަސްތާނުގެ ވަށައިގެންވާ މަގުތައް

       9- މަސްޖިދުލް ނޫރު ގޯތި ވަށައިގެންވާ މަގުތަކާއެކު

       10 – ކިނބިދޫ ސްކޫލްގެ އިރުންއޮންނަ ސަރަހައްދު

 

              ވީމާ، މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށް 20 ޖުލައި 2017  ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 ޖުލައި  2017 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާއަށެވެ. އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހިއްޕަވައިގެން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

              މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

             16 ޝައްވާލް  1438

             10 ޖުލައި   2017

10 ޖުލައި 2017
ހޯދާ