މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
2 ފާޚާނަ ހަދާދޭނެ ފަރާތެއް ހޯދުމަށް

މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު

ހއ.ތަކަންދޫ،ދިވެހިރާއްޖެ                                        ނަންބަރ:GS87/IUL/2017/09

އިޢުލާން

* 02 ފާޚާނަ ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

          

            މި މަދަރުސާގެ ނަންބަރ:  GS87/IUL/2017/04 (02 މެއި 2017) އިޢުލާނާއި ގުޅިގެން ހުށައެޅި ބިޑްތައް ބޮޑުކަމަށް ފެންނާތީވެ، އަލުން އިޢުލާން ކުރަމެވެ.

 

 

            މި މަދަރުސާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

                 * 02 ފާޚާނާ ހެދުން (ސްޓާފް ފާޚާނާއަކާއި ޕްރީސްކޫލް ފާޚާނާއެއް ހެދުން)

            ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 18 ވާ އަންގާރަ ދުވަހުގެ  10:45 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ 10:45 އަށް މި މަދަރުސާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށައަޅާ މަސައްކަތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

     

           މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6500576 ށް ގުޅުއްވުމަށް ދަންނަވަމެވެ.

..........................

 

 

 

16 ޝައްވާލް   1438

                             10  ޖުލައި       2017 

10 ޖުލައި 2017
ހޯދާ