މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާނު

މިސްކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

                                               

2 އަހަރު ދުވަހުގެ މުއްދަތަށް 280 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL-B/GS152/2017/18 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލުކޮށް 3 ވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، ގުދަނެއް ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް މިސްކޫލުގެ އިދާރާއަށް ޙާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވަންވާނީ، މިކަމުގެ މަޢުލޫމާތު އެކުލެވޭގޮތަށް މިސްކޫލުން ތައްޔާރުކޮށްފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޝައްވާލް 1438

09 ޖުލައި 2017
ހޯދާ