ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ރައްޔިތުންގެ މަލަ އިމާރާތް ކުއްޔަަތް ދިނުމާއިގުޅޭ

ދ. ބަނޑިދޫ ރައްޔިތުންގެ "މަލަ" ޢިމާރާތާއި، ގޯތި 10 އަހަރު ދުވަހުގެ މުއްދަތަޢް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން މި ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 ވީމާ،  މި ޢިމާރާތާއި ގޯތި ކުއްޔަށް ހިފުމަށް  ޝަޢުޤު ވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2017 ވާ ހޯމަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޝަލްތައް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޝަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުލައި 2017
ހޯދާ