އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

މަޤާމް:

ލޯންޗް ޑްރައިވަރ

ރޭންކް:

އެސް.އެސް 3

ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް ގްރޭޑް 3

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.އަތޮޅު ކައުންސިލްގެ އިދާރާ / އއ. އަތޮޅު ލޯންޗު

މުސާރަ:

-/3,875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,000 ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ޝަރުޠުތައް:

  1. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ، ދަށްވެގެން ސެޓްފިކެޓް 2ގެ ނިޔަމި ކަމުގެ ސަނަދެއް ހާސިލްކޮށްފައިވުން / ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ "ބީ" ކެޓަގަރީ ގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ؛

  1. ނެވިގޭޝަން ނުވަތަ ނިޔަމި ކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. އަތޮޅު ލޯންޗުގައި ކުރަންޖެހޭ އެންމެހައި ދަތުރުތައް، އަތޮޅު ކައުންސިލް އިދާރާއިން ނުވަތަ ދަތުރު ކުރުމަށް އެދުނު ފަރާތުން ދޭ ރޫޓާ އެއްގޮތަށް ކުރުން.
  2. ދަތުރަށް ފަޅުވެރިންނަށް އެންގުމާއި، ފަޅުވެރިން ގޮވައިގެން ދަތުރަށް ބޭނުންވާ ތަކެތި ހަމަކޮށް ލޯންޗު ދަތުރަށް ތައްޔާރުކުރުން.
  3. ދަތުރުވެރިންނާއި، ލޯންޗުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ލޯންޗުގައި ހުންނަންޖެހޭ ތަކެތި ހަމައަށް، ބޭނުންކުރެވޭ ހާލަތުގައި ހުރިތޯ ދަތުރަށް ފެށުމުގެ ކުރިން ބަލައި ކަށަވަރު ކުރުން.
  4. ލޯންޗް ސާފުކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ފަޅުވެރިންނާއެކު ކުރުމާއި، ލޯންޗާއި، އިންޖީނާއި، ޖީ.ޕީ.އެސް އާއި ލޯންޗުގެ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އެކަން ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  5. ލޯންޗުގެ އިންޖީނު އޯވަހޯލް ކުރުމާއި، ތެޔޮ ބަދަލުކުރުމާބެހޭ ކަންކަން ސްޕަވައިޒަރަށް ދަންނަވައިގެން ކަނޑައެޅިފައިވާ ތާރީޚު ތަކުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  6. އިންޖީނަށް ބޭނުންވާ ފިއުލް އާއި ސްޕެއަރ އަދި ލޯންޗް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި، ވާވެލާ ވެއްޔާއި އެހެނިހެން ތަކެތި ސްޕައިޒަރަށް ދަންނަވައިގެން ހޯދައި، ފަޅުވެރިންނަށް އެތަކެތި ފޯރުކޮށްދިނުން.
  7. ލޯންޗުގެ އަހަރީ ފީ ދެއްކުމާއި ސަލާމަތާ ބެހޭ ސެޓްފިކެޓްތައް ކަނޑައެޅިފައިވާ ތާރީޚަށް އައުކުރުމުގެ ކަންކަން ސްޕަވައިޒަރަށް ދަންނަވައިގެން ކުރުން.
  8. ލޯންޗު މަރާމާތު ކުރުމާއި، އެހެލާ ބޭލުމުގެ ކަންކަން ސްޕަވައިޒަރަށް ދަންނަވައިގެން އިންތިޒާމުކުރުމާއި، މަރާމާތުގެ މަސައްކަތް ކުރަމުންދާއިރު އެކަންކަން ބެލުން.
  9. ފަޅުވެރިންގެ މަސައްކަތް މޮނިޓަރކުރުމާއި، ދަތުރުމަތީގައި ހޭދަވާ ވަގުތު ތަކުގެ އިތުރުގަޑި އަދި އެހެނިހެން ރެކޯޑްތައް ނޯޓްކުރުމާއި، ފަޅުވެރިންގެ މަސައްކަތު ފެންވަރު ބަލައި މާރކްސް ދިނުން.
  10. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު:   (ކަނޑައެޅިފައިވާ އިންސައްތަ 26%)
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ:   (ކަނޑައެޅިފައިވާ އިންސައްތަ 26%)
  3. އިންޓަރވިއު / ލިބިފައިވާ ހުނަރު:  (ކަނޑައެޅިފައިވާ އިންސައްތަ 48%)

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެ އެވެ.

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2017ޖުލައި 18 ވާ އަންގާރަ ދުވަހު މެންދުރު 13:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ.

 

 

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ އެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ.

 

         

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޮސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ،  ގުޅުއްވާނީ 6660606 ނަންބަރު ފޯނާ އެވެ. ފެކްސް ނަންބަރަކީ،6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

09 ޖުލައި 2017
ހޯދާ