ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

ބޭނުންވާ ޢަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6،300ރ. އާއި -/12,000ރ. އާއިދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

 

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި
  • ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ "އިނގިރޭސި" މިމާއްދާއިންް "އޭ" ފާސް ލިބިފައިވުމާއެކު ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • އަދި މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިޕާރޓްމަންޓްގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އެކިއެކި ރިޕޯރޓް ތައްޔާރުކުރުމާއި، އަދި ޑިޕާރޓްމަންޓްގެ އިސްކޮން ހުންނަ ވެރިއަކު ޙަވާލުކުރާ ކުންފުނީގެ މަސައްކަތް ކުރުން.

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ޖުލައި 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

 

              11 ޝައްވާލް 1438 

             05   ޖުލައި 2017

09 ޖުލައި 2017
ހޯދާ