ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްރިގާ ކޮނޮއްޓާއިން ކުނި ހޯނޑެއްދޫ އަށް ގެނައުން

އައުޓްރިގާ ކޮނޮއްޓާ ރިސޯޓުން ހޯނޑެއްދޫއަށް ކުނި ގެނެސް  ނައްތާލައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖުލައި 2017 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އާންމުކުރެވިފައި ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2017
ހޯދާ