ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ.

  1. ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް – 5 ސިސްޓަމް
  2. މޮނޯކްރޯމް ލޭޒަރ ޕްރިންޓަރ  - 1 ޔުނިޓް
  3. ޔޫ.ޕީ.އެސް - 20 ޔުނިޓް
  4. ރެމް – 15 ޔުނިޓް
  5. ޑާޓާ ބެކްއަޕް އެންޑް ޑިސާސްޓަރ ރިކަވަރީ ސިސްޓަމް

ވީމާ، މިދެންނެވި ތަކެތި ވިއްކަވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  މަޢުލޫމާތު ސާފުކުރަން ބާއްވާ ބައްދަލުވުން

13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް

  ޕްރޮޕޯސަލް ހުށަހެޅުން

20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން:

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ

މަޢުލޫމާތު ސާފުކުރަން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެފަރާތެއްގެ ފުރިހަމަ މަޢުލޫމާތާއި، މިހާތަނަށް ކުރައްވާފައިވާ މިފަދަ މަސައްކަތް އަންގުވައިދޭ ތަފްސީލް ހިމެނޭ ޕްރޮފައިލްއެއް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ. މިކަމާއިގުޅޭ އިތުރު މައުލޫމާތު/ އާރު.އެފް.ޕީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގެ ވެބްސައިޓް (http://www.hdfc.com.mv/hdfc/index.php/downloads/admin-and-hr) އިން ލިބިވަޑައިގަންނަވާނެއެވެ.

06 ޖުލައި 2017
ހޯދާ