އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މާސްޓަރސް އިން އޮޑިޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

ކޯހުގެ ފެންވަރު: މާސްޓަރސް ޑިގްރީ
ޤައުމު: ޗައިނާ
ކޯހުގެ ދާއިރާ: އޮޑިޓިންގ އެންޑް އެޝުއަރަންސް
ޔުނިވަރސިޓީ: ނަންޖިންގ އޮޑިޓް ޔުނިވަރސިޓީ
ކޯހުގެ މުއްދަތު:  2 އަހަރު
 
ކޯހުގެ ޝަރުތު
  • ބެޗެލަރސް ޑިގްރީއެއް ހާޞލްކޮށްފައިވުން
  • ޖޫން 2017 ގެ ނިޔަލަށް 35 އަހަރުވެފައިނުވުން
  • އިނގިރޭސި ފާހެއް ހާޞިލް ކޮށްފައިވުން އިނގިރޭސި ފާހެއް ކަމުގައި ބަލާނީ

(ހ) CAE/CPE  އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

(ށ) IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

(ނ) TOEFL  550 އިން ފެށިގެން މަތި

(ރ) ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އާއި އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް.

 
 
ހުށަހަޅަންޖެހޭ ތަކެތި
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ހުރިހާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ކޮޕީ
  • 02 އެކަޑަމިކް ރިކޮމަންޑޭޝަން ލެޓަރ
  • ތައުލީމް ހާޞިލް ކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ އެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރުމަށް މި އިއުލާންގެ ތާރީޚާ ހަމައަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން
  • ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން
  • މުވައްޒަފުގެ ވަނަވަރު
  • ޕޮލިސް ރިޕޯޓް

 

އިތުރު މައުލޫމާތު

  • މިކޯހާއި ގުޅޭގޮތުން އިތުރަށް ބޭނުންވާ މައުލޫމާތު މި އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަންފީ، އޮން ކެމްޕަސް އެކަމަޑޭޝަން، ސްޓައިފެންޑް އަދި ދެކޮޅު ޓިކެޓް ނަންޖިންގ އޮޑިޓް ޔުނިވަރސިޓީން  ހަމަޖައްސާދޭނެއެވެ. 
  • ހުށަހަޅާ ސެޓްފިކްޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.
  • ކޯސް ފުރިހަމަ ކުރުމަށްފަހު، މި އޮފީހުން ކަނޑައަޅާ އުޞޫލަކުން އެކައުންޓިންގ އަދި އޮޑިޓިންގ ޕްރޮފެޝަންގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
  • މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް ހޮވޭ މީހަކު ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

(ހ) އޮޑިޓިންގ އެންޑް އެޝޫރަންސްގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތު

(ށ) އެއް މާރކްސްއެއް ލިބިފައިވާނަމަ، މީހަކު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގްރޭޑް ޕޮއިންޓް އެވެރޭޖްއަށް ބަލައިގެންނެވެ.

 

  • މި ކޯހަށް ހޮވޭ ފަރާތަކުން ފިޒިކަލް އެގްޒެމިނޭޝަން (މެޑިކަލް) ހައްދަވަން ޖެހޭނެއެވެ.

 

އެޕްލިކޭޝން ހުށަހެޅުމުގެ ސުންގަޑި: 2017 ޖުލައި 13ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

އެޕލިކޭޝަން ހުށަހަޅަންޖެހޭ ތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް (ޤާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިއުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކޮށް މި އޮފިހަށް ހުށަހެޅުން ނުވަތަ [email protected]  އަށް އީމެއިލް ކުރުމެވެ. އަދި މިގޮތަށް އީމެއިލް ކުރާނަމަ 3348200 އަށް ގުޅުއްވައި އިމެއިލް ލިބުނުތޯ ކަށަވަރުކުރަންވާނެއެވެ. ސިޓީ އުރައިގެ ބޭރުގައި، ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި ކޯހަށް އެދޭ ފަރާތުގެ ނަން، މާސްޓަރސް އޮފް އޮޑިޓް ޕްރޮގްރާމް އަދި ގުޅޭނެ ނަންބަރު ލިޔަންވާނެއެވެ. 

 

އިތުރު މައުލޫމާތު، މި އޮފީހުގެ ވެބްސައިޓުންނާއި 3348309 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.   

 
06 ޖުލައި 2017
ހޯދާ