އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ކޮށް ދޭނެ ފަރާތެއް ހޯދުން

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/SR/IUL/2017/12

މަސައްކަތް: ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

   ސްކޫލް މަދަރުސާތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް  ކުރުމާއި ގުޅިގެން ވިޔަފާރީގެ އުސޫލުން މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ

   ވުމާއި އެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރި ވެލައްވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސްކޫލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުފުރިހަމަ ކުރުމަށްފަހު ،ސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " އިންނަމާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން – 2017" މިހެން ލިޔެފައި އޮންނަންވާނެއެވެ.

   މި މަސައްކަތަށް މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ،ޙާޒިރު ނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

    މި މަސައްކަތަށް ކުރިމަތި ލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:30 އަށް

2017 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 އަށް

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

    މަޢުލޫމާތު ސާފުކުރުމަށް ޙާޟިރު ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

10 ޝައްވާލް 1438

4  ޖުލައި 2017

04 ޖުލައި 2017
ހޯދާ