ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ކުޅޭބިން ހިޔާކުރުމާބެހޭ

މި ސްކޫލްގެ ކުޅޭބިން، ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް ދަގަނޑު ހޮޅިން ވެލްޑިންގކޮށް ( އަވި ހިޔަލަށް ބޭނުންކުރާ ) ދާ ބޭނުންކޮށްގެން ހިޔާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ ސްކޫލުން މައިގަނޑު ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 2017 ޖުލައި 11 ވާ އަންގާރަ ދުވަހުގެ 13:30

ތަން:       ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 2017 ޖުލައި 16 ވާ އާދިއްތަ ދުވަހުގެ 13:30

ތަން:       ތޮއްޑޫ ސްކޫލް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރ ފޯނާއެވެ.

04 ޖުލައި 2017
ހޯދާ