މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން

އިޢުލާން

ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން.

 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް  އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން، ޓޫރިޒަމް ދާއިރާއިން ކުރިއަށްދިއުމަށް

ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ބައިވެރިން ނެގުމަށް ހަމަޖެހިފައެވެ.

ޝަރުތު: ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއިއެކު އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން

މުއްދަތު: 1 އަހަރު

 

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް 3 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރާއި

ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާފަންނު ޔޫތު ސެންޓަރު، އަތޮޅު ކައުންސިލް އިދާރާތައް، ރަށު ކައުންސިލްގެ

އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ. އަދި ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް

ޕޭޖް :National Career Guidance Centre އިންވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން

31 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ފޯމް އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ)

ކޮޕީއާއިއެކު އައިޑީ ކާޑު ކޮޕީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (މާފަންނު ޔޫތު ސެންޓަރު) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ

ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދެމެވެ.

 

 ނޯޓް:

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ) އީމެއިލް [email protected]

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ :- ފޯން: 3323860 / 3329335 ހިލޭގުޅޭ ނަންބަރު: 1456

            8 ޝައްވާލު 1438

03 ޖުލައި 2017
ހޯދާ