ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2017/010
ތިލަފުށި ކޯޕަރޭޝަނުން އާންމުކޮށް ކުރާ ޢިއުލާންތައް އޮންލައިންކޮށް 1 އަހަރު ދުވަހުގެ މުއްދަތަށް ޖަހައިދޭނެ މީޑިއާ ޕާރޓްނަރ އެއް ހޯދަން ބޭނުންވެއްޖެއެވެ .ވީމާ މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ހޯމަ |
10 ޖުލައި 2017 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
13 ޖުލައި 2017 |
10:30 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ޕްރޮޕޯސަލް ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑް މީޓިންގ ގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
09 ޝައްވާލް 1438
03 ޖުލައި 2017
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514