ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޑެޕިއުޓީ ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

ރޭންކް:

ސެކްޝަން:

ބޭނުންވާ ޢަދަދު

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

 

މަގާމުގެ ޝަރުޠު:

 

 

 

މަގާމުގެމައިގަނޑު

މަސްއޫލިއްޔަތުތައް:

ޑެޕިއުޓީ ލީގަލް އޮފިސަރ

ޕީ.އޯ.އެލް.3

ޕާލިމަންޓަރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަން

1 (އެކެއް)

-/8,910 ރުފިޔާ

-/2,000 ރުފިޔާ

 4,009/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

 

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށްޓަކައި ފޮނުއްވާ ބިލުތަކާބެހޭ އެންމެހައި ކަންތައްތަކާއި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތެއްގައި އެކަމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކާބެހޭގޮތުން އަދި މަޖިލީހުން ބިލެއް ފާސްކުރުމުން ކުރަންޖެހޭ މަސައްކަތް ކުރުން. މީގެ އިތުރުންވެސް ޕާލިމަންޓަރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަނުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،   9 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި  އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

03 ޖުލައި 2017
ހޯދާ