ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ މަގުމަތީ ބައްތިތަކުގެ މަރާމާތުމަސައްކަތް އައުޓްސޯސް ކުރުމާބެހޭ

ކުޅުދުއްފުށީ މަގުމަތީބައްތިތަކުގެ މަރާމާތުމަސައްކަތް އައުޓްސޯސް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެއިވެލައްވާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާފަރާތްތަކުން ތިރީގައި ދެންނެވިފައިވާ

ގޮތުގެ މަތިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ

ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ސާފުކުރުން – 11 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 10:30
  • އަންދާސީ ހިސާބު ހުށައެޅުން – 16 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 10:30

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6521170 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ޖުލައި 2017
ހޯދާ