މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                                                                އިޢުލާންނަންބަރު:IUL)MMPRC/1/2017/35)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެކައުންޓްސް އެގްޒެކެޓިވް

މުސާރަ (މަހަކު) : 6,600/- ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް (މަހަކު) : 4,400/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުން ހަދަންޖެހޭ ޕޭމަންޓްތަކުގެ ހިސާބުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޤަވާއިދުން އިންވޮއިސްތަކަށް ޕޭމަންޓް ހެދުން އަދި ޕޭމަންޓްތަކާއިގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކުރުމާއި، ޤަވާއިދުން ރެކޯޑްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  2. މިކޯޕަރޭޝަންގެ އެކައުންޓްތައް ރިކޮންސައިލް ކުރުމާއި ކޮންމެ މަހަކަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. މިކޯޕަރޭޝަނަށް ލިބޭ ފައިސާ އާއި ލިބެންޖެހޭ ފައިސާއާގުޅޭ ލިޔެކިއުންތަކާއި ހިސާބުތައް ތައްޔާރުކުރުމާއި، ޤަވާއިދުން ރެކޯޑްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ޤަވާއިދުން ކުރުން.
  4. އަދި މިކޯޕަރޭޝަންގެ ފައިނޭންސްއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާއި، ހިސާބުތަކާއި އަދި ރިޕޯޓްތައް، ފައިނޭންސް ގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ބެލެހެއްޓުން.
  5. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

  ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް

 

:ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

 

:އިތުރު މަޢްލޫމާތު

  • "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭފަރާތްތަކަށް އިސްކަންދެވޭނެ އެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ އެންމެމަތީ މާރކްސް ލިބިފައިވާ 05 ފަރާތަކާއެވެ.
  • މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                       08 ޝައްވާލް 1438ހ.

                       02 ޖުލައި 2017މ

 

 

 

02 ޖުލައި 2017
ހޯދާ