އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އެސްޓީއޯ އައިފާން ބިލްޑިންގް ގައި މޯލްޑިވިއަން ކާރގޯގެެ އާ އޮފީސް ރެނޮވޭޓްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

 

އެސްޓީއޯ އައިފާން ބިލްޑިންގް ގައި މޯލްޑިވިއަން ކާރގޯގެެ އާ އޮފީސް ރެނޮވޭޓްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 

 

 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 9 ޖުލައި 2017ވާ އާދިއްތަ ދުވަހުގެ ހެނދުނު 1030ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވޭ ސެޝަން 13 ޖުލައި2017  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 1030ގައި މިއޮފީހުގައި އޮންނާނެއެވެ.

 

 

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

02 ޖުލައި 2017
ހޯދާ