މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސާރވޭ އިކުއިޕްމަންޓްސް ގަތުމާއި ބެހޭ

 މި މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓްއިން ހިންގާ ބޮޑެތި މަޝްރޫޢުތަކުގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ސާރވޭ އިކުއިޕްމަންޓްސް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2017/139 އިޢުލާން އަށް ޚަވާލާދީ ދަންނަވަމެވެ.

  ޙަވާލާދީފައިވާ އިޢުލާންގެ އަގު ހުށަހެޅުމުގެ މުއްދަތު 2017 ޖުލައި 03 އިން 2017 ޖުލައި 06 އަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

08     ޝައްވާލް   1438 ހ.

02      ޖުލައި    2017މ.

02 ޖުލައި 2017
ހޯދާ