މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނާއި އުނގެނުމުގެ ފުރުޞަތު

ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން:             ސެޓްފިކެޓް 03 އިން ސެކިއުރިޓީ އޮޕަރޭޝަންސް

ޖާގައިގެ އަދަދު:           30 ޖާގަ

ކޯސް ހިންގާ ފަރާތާއި ޤައުމު:   އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް / މޯލްޑިވްސް ޕޮލިސް ސަރވިސް

ކޯހުގެ މުއްދަތު:           03 މަސް   

ކޯސް ހިންގޭ ތަން:         ކ.މާލެ

ކޯސް ފެށޭ ތާރީޚް:        ޖުލައި 2017

ޝަރުޠު:

އަސާސީ ތަޢުލީމް ހާޞިލްކޮށްފައިވުން (ގްރޭޑް 07 ފުރިހަމަކޮށްފައިވުން) ނުވަތަ؛

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލްކުރާ ލެވެލް 02 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅާންޖެހޭ ލިޔުންތައް:

- ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯރމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

- މިކޯހުގެ ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއަކު މަހަކު -/1500 (ފަނަރަ ސަތޭކަ ރުފިޔާ)  ދައްކަން ޖެހެއެވެ.

- މިކޯހަށް މީހުން ހޮވުމުގައި މިކޯހާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖުރިބާއަށް އިސްކަންްދެވޭނެއެވެ.

- މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕޮލިސް ސްޓާފް ސަރޖަންޓް އާދަމް ނަޞީރުގެ ފޯން ނަންބަރު 9637845 ގުޅުއްވުން އެދެން.

ސުންގަޑި:

މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2017 ޖުލައި 07 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އަށް ހުށަހެޅުމަށް ދަންނަވަމެވެ.

26 ރަމަޟާން 1438

21 ޖޫން  2017

21 ޖޫން 2017
ހޯދާ