މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ހިނގަމުންދާ ޖާގައިގައި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ހިންގަމުންދާ ވެލާނާގެ 2 ވަނަ ފަންގިފިލާގެ އޮފީސް ޖާގައިގައި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ޖުލައި 03 ވަނަ ދުވަހުގެ 14:00 ށް

2017 ޖުލައި 04 ވަނަ ދުވަހުގެ 14:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341246, 3344077  ނަމްބަރ ފޯނާއެވެ.

22 ޖޫން 2017
ހޯދާ