ރަތްމަންދޫ ސްކޫލް
ދިވެހިރާއްޖެ
ވަށާފާރު އަމިއްލަ ތަކެތީގައި މަރާމާތު ކުރުން

c

ރަތްމަންދޫ ސުކޫލް                   

މ.ރަތްމަންދޫ /ދިވެހި ރާއްޖެ                                                         ނަންބަރ:(IUL)GS-164/2017/03 

   

އިޢުލާން

ސްކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

            މި ސުކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމައް ކުރި  އިޢުލާން ނަންބަރ (IUL)GS-164/2017/02  އާއި ގުޅިގެން ހުށަޅާފައިވާ އަގުތައް ބޮޑު ކަމުން އެ ޢިއުލާން ބާތިލް ކޮއް އަލުން ޢިއުލާން ކުރީމެވެ.

   މި ސުކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ   ފަރާތެއް ހޯދުމައް ބޭނުން ވެއެވެ.ވީމާ، މި ސުކޫލުންދޭ މަޢުލޫމަތާ އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮއްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަ ޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރުން

11 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި.

އަންދާސީ ހިސާބު ހުށަހެޅުން

17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި.

          މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)  ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި  ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

  އަދި ދަންނަވަމެވެ.މަ ޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު  މަޢުލޫމާތު  ސާފުކުރެއްވުމަށް  ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި  ކޮންމެ  ދުވަހެއްގެ  ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.

26   ރަމަޟާން 1438

21  ޖޫން  2017

22 ޖޫން 2017
ހޯދާ