މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލޭގައި ޢިމާރާތް ކޮށްފައިވާ އީ.ޕީ.އެސް ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގާ ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން މާލޭގައި ޢިމާރާތް ކޮށްފައިވާ އީ.ޕީ.އެސް ސްކޫލް ހިންގި އިމަރާތުގައި، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެގެން IUL)22-PU/1/2017/137) އިން 17 މާރިޗް 2017 ގައި އިޢުލާނުކުރުމުން ހުށަހެޅިބިޑްތައް ބާޠިލްކޮށް އަލުން ބިޑް ހުށަހެޅުމަށް އިޢުލާނުކުރީމެވެ.

ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް  20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 1400 އަށް ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ މީޓިންގރޫމް1 އަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00 ގައި ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމް 1 ގައި އޮންނާނެއެވެ.

"މާލޭގައި އިމާރާތް ކުރެވިފައިވާ އީ.ޕީ.އެސް ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގާ ބެލެހެއްޓުމުގެ ބީލަން" 22 ޖޫން 2017 އިން 10 ޖުލައި 2017 ވަނަ ދުވަހުގެ 12:00 ގެނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން 13:00 އަށް  މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގެ 08 ވަނަ ފަންގިފިލާ) އިން ލިބިވަޑައި ގަންނަވާނެ އެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަން ފޮތެއް ލިބެން ހުންނާނީ  -/250 ރުފިޔާ އަށެވެ.

21 ޖޫން 2017
ހޯދާ