މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން، ޚާއްސަ ހަފްލާއެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް  ހޯދަން ބޭނުންވެއެވެ.

  1. ތަން ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)
  2. ހަފްލާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ކޭޓަރިން
  3. ހަފްލާގެ ފޮޓޯ ނެގުން
  4. ނޫސްވެރިކަމުގެ އިނާމް (އެވޯރޑް) ތައްޔާރު ކޮށްދިނުން

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

                 

      26 ރަމަޟާން 1438

21 ޖޫން 2017
ހޯދާ