ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ޒުވާނުންގެ މަރުކަޒުގެ ދޮރުފަތްތަކާއި،ތަޅާއި، ތަންޑުތައް ބަދަލުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

   އިޢުލާން

 

 

ފ. ބިލެތްދޫ ޒުވާނުންގެ މަރުކަޒު ޢިމާރާތުގެ ވަށައިގެންވާ  ބޮޑުދޮރުތަކުގެ ދޮރުފަތްތައް ބަދަލުކުރުމާއި، މިނޫންވެސް ބައެއްމަރާމާތުގެ މަސައްކަތް  ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ  މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/200 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ޒުވާނުންގެ މަރުކަޒުގެ ދޮރުފަތްތަކާއި، ތަޅުތައް ބަދަލުކުމުގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

19 ޖޫން 2017
ހޯދާ